Ahlul Haqqu.com

ހައްގައް ނަސްރުދޭށެވެ

ލަވަޔާ މިޔުޒިކުގެ ހުކުމް

މައުޟޫ

ލަވަޔާ މިޔުޒިކުގެ ހުކުމް

ފަތުވާދެއްވީ

سماحة الشيخ الإمام عبد العزيز بن باز رحمه الله

ތަރުޖަމާކުރެއްވީ

ފަޟީލަތުއްޝައިޚް އާދަމް ޝަމީމު ބުން އިބުރާހީމް

ސުވާލު

ސަމާހަތުއް ޝައިޚް؛ އަޅުގަނޑަކީ ލަވަ އަޑުއަހާ މީހަކީމެވެ. ބައެއް މީހުން އެއީ ހުއްދަ އެއްޗެއް ކަމުގައި ބުނެއެވެ. އަނެއް ބަޔަކު އެއީ ހަރާމް އެއްޗެއް ކަމުގައި ބުނެއެވެ. މިކަމުގައި އޮންނަ ހައްގު ރަނގަޅު ގޮތަކީ ކޮބައިތޯއެވެ؟ ﷲ ތިޔަބޭފުޅާގެ އިލްމުގައި ބަރަކާތް ލައްވާށި!

ޖަވާބު

ލަވަ އަޑުއެހުމަކީ ހަރާމްކަމެކެވެ. މުންކަރާތެކެވެ. އެއީ ހިތުގެ ބަލިތަކާއި، ހިތް ހިލަވުމާއި، ﷲގެ ޛިކުރާއި ނަމާދު ގާއިމުކުރުމަށް ހުރަސްއަޅާ ކަމެކެވެ. ﷲގެ ބަސްފުޅުގައި ވެއެވެ. (( ومن الناس من يشتري لهو الحديث )) [لقمان :6].މާނައި: “މީސްތަކުންގެ ތެރޭގައި ލަހުވުލް ހަދީޘް އިޚްތިޔާރުކުރާ އަދި ގަނެވިއްކާ ބަޔަކުވެއެވެ.” މިއާޔަތުގައި ވައީދު އައިސްފައިމިވާ ލަހުވުލް ހަދީޘްގެ މާނަޔަކީ ލަވަ ކަމުގައި ގިނަ އިލްމުވެރިން ވިދާޅުވެއެވެ. ހަމައެފަދައިން އެއީ ލަވަކަމުގައި ވިދާޅުވެ ޢަބްދު ﷲ ބުން މަސްއޫދު ހުވައިކުރައްވައެވެ.

ލަވަޔާއި އެކުގައި މިޔުޒިކު ސާމާނު؛ ބެރު، ދުންމާރި، ގިޓާ ފަދަ ތަކެތި އެކުލެވިގެން ވާނަމަ އޭގެ ހަރާމްކަން ވަކިން އިތުރުވެގެން ވެއެވެ. މިޔުޒިކާއެކުގައި ލަވަ ހަރާމްކަމުގައި އުންމަތުގެ އިޖްމާ (އިއްތިފާގު)ވާކަމުގައިވެސް ބައެއް އިލްމުވެރިން ނަގުލު ކުރައްވައެވެ. ލަވަޔާ މިޔުޒިކާ ދުރުހެލިވުމަކީ ވާޖިބެކެވެ. رسولالله صلى الله عليه وسلم ހަދީޘްކުރެއްވިއެވެ.:((ليكونن من أمتي أقوام يستحلون الحر والحرير والخمر والمعازف)) މާނައީ: “ޒިނޭއާ، ފަށުފޭރާމާ، ރާޔާ އަދި މިޔުޒިކު ސާމާނު ހަލާލު ކުރާނެ ބަޔަކު މިއުންމަތުގައި ވާނެއެވެ.”

ވީމައި ކީރިތި ގުރުއާން އަޑުއެހުމަށާއި، އިޛާއަތުލް ޤުރުއާނުލް ކަރީމް ފަދަފައިދާ ހުރި ދީނީ، އަދި އިލްމީ ޗެނަލްތައް ބަލައި، އަޑުއެހުމަށް އަހަރެން ތިޔަބޭފުޅުންނަށް ވަޞިއްޔަތް ކުރަމެވެ.

ކައިވެނީގެ މުނާސަބަތުގައި، ކައިވެންޏެއް ކުރިކަން އިއުލާނުކުރުމަށްޓަކައި ރޭގަނޑުގެ ވަގުތެއްގައި، ތާރަޖެހުމާއި، އާދައިގެލަވަ، ހަރާމް ކަމަކަށް ގޮވާނުލެވޭ ލަވަ، ނުވަތަ ހަރާމްކަންކަމަށް ތައުރީފު ކޮށްފައިނުވާ ލަވަކިޔުމަކީ އަންހެނުންނަށް ހުއްދަ ކަމެކެވެ. ރަސޫލާގެ އަރިހުން ސައްހަކޮށް ވާރިދުވެފައިވާ ފަދައިން؛ ހަލާލު ކައިވެންޏާ، ޒިނޭއާއި ދެމެދު ފަރަގު ކޮށްދޭ އެއްކަމަކީ؛ ތާރަޖެހުމާއި ރަނގަޅު ލަވައެވެ.

ކައިވެނީގައިވެސް ބެރުޖެހުމަކީ ހުއްދަކަމެއް ނޫނެވެ. އަދިކިޔެއް ހަމައެކަނި ތާރައިން ފުއްދަންޖެހޭނެއެވެ. އަދި އެމުނާސަބަތުގައި އަޑުބޮޑުކުރާ ސާމާނު ބޭނުންކުރުމާއި، އެތަނުގައި އާންމުކޮށް މިކިޔާއުޅޭފަދަ ލަވަ ކިޔުމަކީ ހުއްދަކަމެއް ނޫނެވެ. އެކަމުގައިވާ ފިތުނައިގެ ބޮޑުކަމާ، އޭގެ ނަތީޖާގެ ނުބައިކަމުންނާއި، މުސްލިމުންނަށް އެކަމުން ލިބޭ އާންމު އުނދަގުލަށްޓަކައެވެ.

އަދި އެކަމުގައި މާގިނަ ވަގުތު ހޭދަކުރުމަކީވެސް ހުއްދަކަމެއް ނޫނެވެ. އަދިކިޔެއް ހަމައެކަނި ކައިވެންޏެއް ކުރިކަން އެނގޭ އެންމެ ކުޑަމިންވަރުންފުއްދާލަންވާނެއެވެ. ކައިވެނި ޕާޓީތަކުގައި ގިނަވަގުތު ހޭދަކުރުމަކީ؛ އޭގެ ސަބަބުން ފަތިސްނަމާދަށް ނުހޭލެވުމާއި، ނަމާދު ފާއިތުވާ ސަބަބެކެވެ. އެއީ އެއްމެބޮޑެތި ފާފައިގެތެރޭގައި ހިމެނޭ ކަމެކެވެ. އަދި މުނާފިގުންގެ އަމަލެކެވެ.

ސަލަފުއްސޯލިހުންގެ ބަސްފުޅުތަކުން ލަވަޔަކީ ހަރާމް އެއްޗެއްކަމުގައި ވާރިދުވެފައިވާ ބައެއް ދަލީލު

أبوبكر الصديق رضي الله عنه ވިދާޅުވެފައިވެއެވެ. “ލަވަޔާ މިޔުޒިކަކީ ޝައިޠާނާގެ އަޑެވެ.”

الإمام مالك بن أنس رحمه الله تعالى ވިދާޅުވެފައިވަނީ: “އަހަރުމެންގެ ތެރޭގައި ލަވަކިޔާއުޅެނީ ފާސިގުންނެވެ.”

الشافعي މަޛުހަބުގެ އިލްމުވެރިން ލަވަޔާ މިޔުޒިކު ސިފަކުރައްވަނީ ބާޠިލު އެއްޗެއްކަމުގައެވެ.

الإمام أحمد رحمه الله تعالى ވިދާޅުވިއެވެ. “ލަވަޔަކީ ހިތުގައި ނިފާގު އުފައްދާ އެއްޗެކެވެ. ތިމަންނާ ގަބޫލު ކަމެއް ނޫނެވެ.”

الإمام أبي حنيفة رحمه الله تعالى ގެ ދަރިވަރުން ވިދާޅުވެފައިވަނީ: “ލަވަ އަޑުއެހުމަކީ ފާސިގު ކަމެކެވެ.”

عمر بن عبد العزيز رحمه الله تعالى ގެ ބަސްފުޅެއްގައިވެއެވެ. “ލަވަޔާ މިޔުޒިކުގެ ފެށުން ވަނީ ޝައިޠާނާގެ ގާތުންނެވެ. އޭގެ ނިމުންވަނީ އައްރަހުމާނު ކޯފާއެވެ.”

الإمام القرطبي رحمه الله ވިދާޅުވެފައިވެއެވެ. “ލަވަޔާ މިޔުޒިކަކީ؛ ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުގައި (ހަދީޘްގައި) މަނާކުރެވިފައިވާ ކަމެކެވެ.”

الإمام ابن الصلاح رحمه الله ވިދާޅުވެފައިވަނީ: “މިޔުޒިކާއިއެކު ލަވަޔަކީ ހަރާމް އެއްޗެއް ކަމުގައި އުންމަތުގެ އެއްމެން އެއްބަސްވެފައިވާކަމުގައެވެ.”

ޖުލައި 28, 2009 - Posted by | ސުވާލާއި ޖަވާބު

No comments yet.

ޚިޔާލު ފާޅުކުރައްވާ

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: